ދިވެހިންގެ ކެއުމުގެ މައިގަނޑު ބަޔަކީ މަސްކަމަށްވާތީ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި މަސްވެރިކަން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ކެއުމަށް ބޭނުންކުރުމަށްފަހު ބާކީވާ ބައި، ފަހަށް ރައްކާކުރަނީ ނުވަތަ އެކްސްޕޯޓްކުރުމަށްޓަކައި ޕްރޮސެސްކުރަނީއެވެ. އެދުވަހަކު ބާނާ ތާޒާ މަހުން ކައްކާ ކެއުމެއް ކަމުގައިވިޔަސް ނުވަތަ ރަނގަޅަށް ޕްރިޒަރވްކޮށްފައިވާ ކަނޑުމަހުގެ އުފެއްދުމެއް ކަމުގައިވިޔަސް، ދިވެހިންގެ ކެއުންތައް ފުރިހަމަވެގެންދަނީ މީރު ކަނޑުމަހުގެ ބާވަތްތަކާއެކުގައެވެ.
ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި މަހަށް އަގުއެއްކުރުމުގެ (ވެލިއު އެޑިޝަން) މަސައްކަތް ފުރަތަމަ ފެށިގެންއައީ 1979 ވަނަ އަހަރުއެވެ. މިއީ ބާނާ މަހަށް އިޤްތިޞާދީ އަގު އިތުރުކުރުމަށްޓަކައި ޖަޕާނުގެ ފަންޑިންގއާއެކު ސަރުކާރުން ކޭނަރީއެއް ބިނާކުރުމުންނެވެ. އޭރު މަސްވެރިކަމުގެ އޮޕަރޭޝަންތައް ޕްރޮސެސިންގއާ ދިމާލަށް މިސްރާބުޖެހީ، ރޯ މެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓްކުރާ މިންވަރު މަދުކުރުމަށެވެ.
މަސް ގަންނަ ބޯޓުފަހަރާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ތަޢާރަފުވުމާއެކު، މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ބަދަލެއް އައިސް ވިޔަފާރި ފުޅާވެގެން ދިޔައެވެ. މީގެ އިތުރުން، ޒަމާނީ މަސްވެރި އުޅަނދުފަހަރު ތަރައްޤީކުރުމަށް ކުރެވުނު އިންވެސްޓްމަންޓްތަކާއެކު، ދެކުނުގެ އަތޮޅުތަކަށް ކަޅުބިލަ މަހުގެ މަސްވެރިކަން ފުޅާވެގެންދިޔައެވެ. މަސް ގަތުމާއި ލޮޖިސްޓިކްސްގެ ކަންކަން ހަރުދަނާކުރުމަށްޓަކައި މިފްކޯއިން ވަނީ ދެކުނުގައި އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ބިނާކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ބިނާވެފައިވަނީ އާއިލީ ގުޅުންތަކުގެ މައްޗަށެވެ. އޮޑީގެ ފަޅުވެރިންނަށް ލިބޭ އާމްދަނީ ބަހާލެވެނީ ހަމަހަމަ އުސޫލަކުން ކަމަށްވެފައި، އެއީ އެމީހުން ބާނާ މަހުގެ މިންވަރާ ސީދާ ގުޅިފައިވާ އެއްޗެކެވެ.
ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދިރިއުޅުން ބައްޓަންކުރުމަށް ދިވެހި މަސްވެރިންގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. “އެކަކު، އެއް ދޮށި، އެއް މަސް” ކޮންސެޕްޓް ރަމްޒުކޮށްދެނީ ދެމެހެއްޓެނިވި މަސްވެރިކަމަށާއި ސްޓޮކް ރައްކާތެރިކުރުމަށް ދޭ އަހައްމިއްޔަތެވެ. ބައިކެޗް ވަރަށް ބޮޑަށް މަދުކޮށްދޭ މި އުކުޅުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތައް ކަމަށްވާ ދޫނި، މިޔަރު، ވެލާ އަދި ކޯމަސް ފަދަ ތަކެތި ހިމާޔަތްކުރުމަށް އެހީތެރިވެދެއެވެ.




Felivaru Fisheries Complex (FFC)
MDV 001Kanduovigiri Fish Village
MDV 003Kooddoo Fisheries Complex (KFC)
MDV 002Addu Fisheries Complex (AFC)
MDV 023މިފްކޯއިން މުޅި ރާއްޖޭގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހިންގާއިރު، ރާއްޖޭގައި މަސް ގަނެ ޕްރޮސެސްކުރުމުގެ އެންމެ ބޮޑު ކެޕޭސިޓީ ހުރީ މި ކުންފުނީގައެވެ. ކުންފުނިން ރާއްޖޭގެ އުތުރާއި ދެކުނުގައި މައިގަނޑު 3 ކަލެކްޝަން ސެންޓަރު އޮޕަރޭޓްކުރެއެވެ. މި ހުރިހާ ސެންޓަރުތަކެއްގައި ވެސް ދަޅުގައި ބަންދުކުރުމަށާއި މަސް ފިނިކުރުމަށްޓަކައި އީ.ޔޫ (EU) އިން ޤަބޫލުކުރާ ފެންވަރުގެ ޕްރޮސެސިންގ ފެސިލިޓީތައް ހުރެއެވެ.
މަސް ގަތުމުގެ ކަންކަން އިތުރަށް ފުޅާކުރުމަށްޓަކައި ކަލެކްޓަރ ވެސެލްތަކާއި މަދަރ ވެސެލްތައް ބޭނުންކުރެވެއެވެ. މިއީ މަސްވެރިންގެ ވަގުތާއި ތެޔޮ ސަލާމަތްކޮށްދީ، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކުގައި ފަސޭހައިން މަސް ކިރުވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މީގެ އިތުރުން، މަސްވެރިކަން ކުރާ މައި ސަރަހައްދުތަކުގައި މިފްކޯއިން އައިސް ޕްލާންޓްތައް ހިންގައެވެ. މިއީ ދަތުރުމަތީގައި މަހުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހެދުމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ޤާއިމުކޮށްފައިވާ ސެންޓްރަލައިޒްޑް ކަލެކްޝަން ސެންޓަރު (އޭ.އެފް.ސީ) އޮޕަރޭޝަނަށް އައުމާއެކު، އެކްސްޕޯޓް ކުރުމަށާއި، ވެލިއު-އެޑިޝަން އަދި ދަޅު މަސް އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލް މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
