ވަޒީފާގެ ފުރުސަތު
އޮޑިޓަރ
ވަޒީފާ ހުޅުވުނު ތާރީޚް :
2025-12-22 14:30:00
ސުންގަޑި :
2025-12-31 12:00:00

މަޤާމު: އޮޑިޓަރ

އަސާސީ މުސާރަ:

8500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • – ސާރވިސް އެލަވަންސް: 5100.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)
  • – ޕްރޮފެޝަނަލް އެލަވަންސް: 1700.00 ރުފިޔާ (ޑިޕްލޮމާ ސެޓްފިކެޓް %20)، 3400.00 ރުފިޔާ (ބެޗްލާރސް ޑިގްރީ ސެޓްފިކެޓް %40)
  • – ފުޑް އެލަވަންސް: 1800.00 ރުފިޔާ (ދުވާލަކަށް 60 ރުފިޔާ)

ޝަރުޠު:

  • – މަސައްކަތުގެ ދާއިރާއިން (އެކައުންޓިންގ/އޮޑިޓިންގް) ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • – މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • – މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ، ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • – އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
  • އެހެނިހެން ޝަރުތު
  • – މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  • – މި ކުންފުނީގެ  އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް:

  • – އިންޓަރނަލް އޮޑިޓް ޔުނިވަރސް އެކުލަވާލުމާއި މުރާޖަޢާކުރުމުގައި އޮޑިޓް ޓީމާއި ޗީފް އިންޓަރނަލް އޮޑިޓަރ އަށް އެހީތެރިވެދިނުން.
  • – ކުންފުނީގެ މައިގަނޑު އޮޕަރޭޝްތަކުގައި ހުރި ކޮންޓްރޯލް ވީކްނަސްތައް ދެނެގަނެ ރިސްކް އެސެސްމަންޓްތައް ހެދުމާއި، ރިސްކް ރެޖިސްޓަރ އަޕްޑޭޓް ކުރުން.
  • – އޮޑިޓް ޓީމްގެ އިރުޝާދާއި އެއްގޮތައް އޮޑިޓް އަދި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ޕްލޭންތައް އެކުލަވާލުން. އެގޮތުން އެނަލެޓިކަލް ރިވިއު ތައްޔާރު ކުރުމާއި، އިތުރަށް ބަލަން ޖެހޭކަންތައްތައް ދެނެގަތުމާއި (ރިސްކް އައިޑެންޓިފިކޭޝަން) އޮޑިޓް ޕްރޮގުރާމްތައް އެކުލަވާލުން
  • – އޮޑިޓް ޓީމުގެ އިރުޝާދުގެ ދަށުން އޮޑިޓްތަކުގެ ފޮލޯއަޕް އެންގޭޖްމަންޓްތައް ކުރިއަށް ގެންދިއުމާއި، އޮޑިޓް ކޮމިޓީއަށް ސްޓޭޓަސް އަންގައިދިނުމަށް ކަނޑައެޅިފައިވާ މުވައްޒަފުންނާއެކު މަސައްކަތްކުރުން.
  • – އޮޑިޓް ކުރުމުގައި އިންޓަރނަލް އޮޑިޓް ފަންކްޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމާއި، އޮޑިޓް ޕްރޮސެސްގައި ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޑިސްކަޝަން ޕޭޕަރާއި އޮޑިޓް ރިޕޯޓު ޑްރާފްޓްކުރުން.
  • – އޮޑިޓާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އޮޑިޓް ޑޮކިއުމެންޓޭޝަން ނިޒާމުގައި ފައިލްކުރެވިފައިވާކަން ކަށަވަރުކުރުމާއި، އޮޑިޓް މަސައްކަތުގެ ތެރޭގައި ހޯދާ ހުރިހާ މަޢުލޫމާތެއް، ލިޔެކިޔުމެއް އަދި ހެއްކެއްގެ ރައްކާތެރިކަމާއި ސިއްރު ދެމެހެއްޓުން.
  • – އޮޑިޓް ސުޕަވައިޒުގެ އިރުޝާދާއި އެއްގޮތަށް ކުންފުނީގެ ވިސުލް ބޮލޯވަރ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • – ހަވާލުކުރެވޭ ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ކުރުން.
  • – ކުންފުނިން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ކުންފުނީގެ މުވައްޒަފުންނާއެކު އެކުވެރި ގުޅުމެއް ދެމެހެއްޓުން.

އިންޓަރވިއުކުރުން:

  • – އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • – ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.
  • – މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • – މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
  • – ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  • – ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
  • – ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)
  • – ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

2025-12-31 12:00:00