މިފްކޯގެ ކޯޕަރޭޓް ޓީޝާޓް އިފުތިތާޙު ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކޯޕަރޭޓް ޓީޝާޓް އިފުތިތާޙު ކޮށްފިއެވެ.

މިފްކޯގެ ކޯޕަރޭޓް ޓީޝާޓް އިފުތިތާޙު ކުރެވުނީ ރަމަޟާންމަހަށް މަރުޙަބާކިޔުމަށް މިއަދު ބޭއްވި މާހެފުމާއެކު ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ހަފުލާގައި ކޯޕަރޭޓް ޓީޝާޓް އިފުތިތާޙު ކޮށްދެއްވީ މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރެވެ.

މިފްކޯގެ ކޯޕަރޭޓް ޓީޝާޓް ފަރުމާކޮށްފައިވަނީ އެކަމަށްޓަކައި މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މުބާރާތެއްގެ ތެރެއިން އެންމެ ފުރިހަމަ ފަރުމާއެއް ހުށަހެޅި ފަރާތުގެ ފަރުމާއަށެވެ. އެގޮތުން އެންމެ ފުރިހަމަ ފަރުމާއެއް ހުށަހެޅީ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ހައިދަރު އެވެ. އެކަން ފާހަގަކޮށް މި ހަފުލާގައި އޭނައަށް ވަނީ 5،000ރ. ގެ އިނާމެއް ދީފައެވެ.

މީގެ އިތުރަށް މި ހަފުލާގައި ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދޭ މަސްދަޅުކޭސް އުފެއްދުމުގައާއި ބެހުމުގެ މަސައްކަތުގައި މިފްކޯގެ ފަރާތުން ހަރަކާތްތެރިވި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ. އަދި މަސައްކަތުގެ މައިދާނުގައި މުވައްޒަފަކު ދައްކާފައިވާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހަރުދަނާ އަޚްލާޤީ ސިފަތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ މުވައްޒަފަށް ވެސް ހަނދާނީ ލިޔުން ދީފައި ވެއެވެ. މީގެ އިތުރަށް މި ހަފުލާގައި މިފްކޯގެ އައު ވެބްސައިޓް ވެސް އިފުތިތާޙުކޮށްފައި ވެއެވެ.

ކުރިއަށް ގެންދިޔައީ:

February 12, 2026