އޮޕަރޭޝަންސް

މިފްކޯ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުންފުނީގެ ހުރިހާ ސައިޓްތަކާއި އުޅަނދުފަހަރުގައި މަސް ކިރުވުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ. މިފްކޯގެ މައިގަނޑު ސޭލްސް ފަންކްޝަނަކީ ދިވެހި މަސްވެރިންގެ އަތުން ރޯމަސް ގަނެ، ބަލްކް ޝިޕްމަންޓްތަކެއްގެ ގޮތުގައި މި އުފެއްދުންތައް އެކްސްޕޯޓްކުރުމެވެ. މީގެ އިތުރުން، ޖުމުލަގޮތެއްގައި ކުންފުންޏަށް މަސް ކިރުވޭ މިންވަރު އިތުރުކުރުމަށްޓަކައި ކަމާގުޅޭ އެހެން ޑިވިޜަންތަކަށް މި ޑިޕާޓްމަންޓުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ހަމައެއާއެކު، މަސް ގަތުމަށް ބޭނުންކުރާ ކުންފުނީގެ ހުރިހާ އުޅަނދުފަހަރެއް އޮޕަރޭޝަނަށް ތައްޔާރަށް ބޭއްވުމަކީވެސް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމެކެވެ. މީގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކާއި ބައިނަލްއަޤްވާމީ މެރިޓައިމް މިންގަނޑުތަކަށް ފެތޭގޮތަށް އުޅަނދުފަހަރުގެ ސަރވޭތަކާއި މަރާމާތުތައް ތާވަލުކޮށްގެން ކުރިއަށް ގެންދިއުން ހިމެނެއެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އޮޕަރޭޝަންސް ޑިޕާޓްމަންޓުން އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ގާތުން މަސައްކަތްކުރެއެވެ. އަދި ރޭވުންތެރިކަމާއެކު ހިންގާ ހަރަކާތްތަކާއި، ޚާއްސަ ޕްރޮގްރާމްތައް މެދުވެރިކޮށް ކުންފުންޏަށް މަސް ހޯދޭ މިންވަރު އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރެއެވެ.

ފެސިލިޓީތައް
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
އަހަރު
2018
ސަރަހައްދު
ސީނު ހުޅުމީދޫ
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
އަހަރު
1998
ސަރަހައްދު
ގއ އަތޮޅު
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
އަހަރު
1978
ސަރަހައްދު
ޅ އަތޮޅު