ވަޒީފާގެ ފުރުސަތު
ރިސްކް މެނޭޖަރ
ވަޒީފާ ހުޅުވުނު ތާރީޚް :
2025-12-18 10:00:00
ސުންގަޑި :
2025-12-25 12:00:00

ވަޒީފާގެ ބާވަތް

1 އަހަރު ދުވަހުގެ ކޮންޓްރެކްޓް (3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތާއެކު)

މުސާރައިގެ ތަފްސީލް

– އަސާސީ މުސާރަ: -/10750.00 ރުފިޔާ
– ސަރވިސް އެލަވަންސް: -/6450.00 ރުފިޔާ (އަސާސީ މުސާރައިގެ %60)
– ފުޑް އެލަވަންސް: -/1800.00 ރުފިޔާ
– ޕްރޮފެޝަނަލް އެލަވަންސް: -/4300.00 ރުފިޔާ (އަސާސީ މުސާރައިގެ %40)
– އެމް.ކިއު.އޭ ލެވެލް 7، 8 ނުވަތަ 9 (އަސާސީ މުސާރައިގެ %40) އެމް.ކިއު.އޭ ލެވެލް 5 (އަސާސީ މުސާރައިގެ %20)

މައިގަނޑު މަސްއޫލިއްޔަތުތަކާއި ޒިންމާތައް

– ޗީފް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ) ގެ އިރުޝާދުގެ ދަށުން މިފްކޯގެ ރިސްކް މެނޭޖްމަންޓް ދާއިރާ އިސްވެ ބެލެހެއްޓުމާއި ހިންގުން.
– ކުންފުނީގެ އެކި ދާއިރާތަކުގެ ރިސްކް މެނޭޖްމަންޓް ޒިންމާތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ރިސްކް މެނޭޖްމަންޓް ޓީމަށް އިރުޝާދުދީ، އެހީތެރިކަން ފޯރުކޮށްދީ، ސްޓްރެޓީޖިކް ލަފާދިނުން.
– ރިސްކް މެނޭޖްމަންޓްގެ މަސައްކަތްތައް ކުރިއަށްގެންދާނެ ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމާއި، އެކަންކަމަކީ ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ކުރެވޭ ކަންކަންކަން ކަށަވަރުކުރުން.
– ކުންފުނީގެ ރިސްކް މެނޭޖްމަންޓް ޕޮލިސީ އެކުލަވާލުމާއި، ގަވާއިދުން މުރާޖައާކުރުމުގައި އިރުޝާދުދީ، އެއީ ގާނޫނީ އަދި ގަވާއިދުގެ މިންގަނޑުތަކާ އެއްގޮތް ޕޮލިސީއެއްކަން ކަށަވަރުކުރުން.
– ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް މުރާޖައާކޮށް، އެއީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި، އިންޑަސްޓްރީގެ އެންމެ ރަނގަޅު އުސޫލުތަކާއި، ކުންފުނީގެ ބޭނުންތަކާ އެއްގޮތް ފްރޭމްވޯކެއްކަން ކަށަވަރުކުރުން.
– ރިސްކް މެނޭޖްމަންޓްގެ މަސައްކަތްތައް ކުރިއަށްދަނީ ފާސްކޮށްފައިވާ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްގެ ދަށުންކަން ކަށަވަރުކުރުން.
– ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް ރިސްކް މެނޭޖްމަންޓްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިސްކް ރެޖިސްޓަރތައް ބެލެހެއްޓުމުގައި ލަފާދިނުމާއި، އެ ރެޖިސްޓަރތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ޓީމަށް އެހީތެރިވުން.
– މުވައްޒަފުން ހޭލުންތެރިކުރުވުމަށާއި، ކުންފުނީގައި ރިސްކަށް ސަމާލުކަންދޭ ސަގާފަތެއް ގާއިމުކުރުމަށްޓަކައި ރިސްކް މެނޭޖްމަންޓް އެވެއަރނަސް ޕްރޮގްރާމްތައް ރާވައި ހިންގުން.
– ޑިޕާޓްމަންޓްތަކުން ކޮންމެ ކުއާޓަރއަކު ހުށަހަޅާ ރިސްކް މެނޭޖްމަންޓް ރިޕޯޓްތަކުގެ ސައްހަކަމާއި ފުރިހަމަކަން ބަލައި މުރާޖައާކުރުން.
– އޮޑިޓް އެންޑް ރިސްކް ކޮމިޓީއަށް ހުށަހެޅުމަށްޓަކައި ކުއާޓަރލީ ރިސްކް މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، ކަމާބެހޭ ފަރާތްތަކާއެކު މި ރިޕޯޓްތަކާ ބެހޭގޮތުން މަޝްވަރާކުރުމުގައި ސީ.އައި.އޭ އަށް އެހީތެރިވުން.
– ރިސްކް މެނޭޖްމަންޓް ދާއިރާގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އިރުޝާދުދިނުމާއި، ސީ.އައި.އޭ ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

އެންމެ މަދުވެގެން ބޭނުންވާ ތައުލީމާއި ތަޖުރިބާ

– އޮޑިޓިންގ، އެކައުންޓިންގ ގަވަރނަންސް، ރިސްކް މެނޭޖްމަންޓް، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ މިފަދަ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
– އޮޑިޓިންގ، އެކައުންޓިންގ ގަވަރނަންސް، ރިސްކް މެނޭޖްމަންޓް، ފައިނޭންސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ މިފަދަ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
– އޮޑިޓިންގ، އެކައުންޓިންގ ގަވަރނަންސް، ރިސްކް މެނޭޖްމަންޓް، ފައިނޭންސް، އެކްޗުއަރީ، ބިޒްނަސް ނުވަތަ މިފަދަ ދާއިރާއަކުން ޑިޕްލޮމާ/ އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
(ސީ.އައި.އޭ، ސީ.އާރު.އެމް.އޭ، އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ ފަދަ ޕްރޮފެޝަނަލް ސެޓްފިކެޓްތައް އޮތުމަކީ އިތުރު ފައިދާއެކެވެ.)

ހުށަހަޅަންޖެހޭ ތަކެތި

– ފުރިހަމަކޮށްފައިވާ އަދި އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ވަޒީފާއަށް އެދޭ ފޯމު (ސީ.ވީ).
– މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
– ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ސެޓްފިކެޓްތައް އޮންނަންވާނީ އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައެވެ).
– މަސައްކަތްކުރި ނުވަތަ ކުރަމުންދާ އޮފީސްތަކުން ދޫކޮށްފައިވާ، ވަޒީފާގެ ބާވަތާއި، މަގާމުގެ ޒިންމާތަކާއި، މަސައްކަތްކުރި މުއްދަތު އެނގޭނޭފަދަ ރެފަރެންސް ސިޓީތައް.ކުރީގެ ސުޕަވައިޒަރުން ނުވަތަ ވަޒީފާ ދިން ފަރާތްތަކުގެ ރެކޮމެންޑޭޝަން ސިޓީ (އިޚްތިޔާރީ).
– ޕޮލިސް ރިޕޯޓް

ނޯޓް: ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނާ އިންޓަވިއު ކުރެވޭނެއެވެ. އަދި މި އިންޓަވިއުގައި ވަޒީފާ އަދާކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭންވާނެއެވެ.

2025-12-25 12:00:00