ޗައިނާ އިންޓަރނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއަރ ކުރިއަށްދަނީ ސެޕްޓެމްބަރ 8-11 އަށް ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައެވެ. މި ފެއަރގައި މިފްކޯގެ ސްޓޯލެއް ބަހައްޓައި މިފްކޯގެ އުފެއްދުންތައް ދަނީ ޕްރޮމޯޓް ކުރަމުންނެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ/ ލޯކަލް ސޭލްސް އެންޑް މާކެޓިންގ އާއިޝަތު ރިޔާޒާ ވިދާޅުވީ މިފްކޯގެ ތަފާތު އުފެއްދުންތައް މި ފެއަރގައި ދައްކާލައި ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. މި ފެއަރގައި މިފްކޯއިން ބައިވެރިވުމުގެ މަގުސަދަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަގްވާމީ މާކެޓުތަކަށް ފުޅާކުރުން ކަމަށާއި ޚާއްސަކޮށް ޗައިނާގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތައާރަފުކުރުން ކަމަށް ރިޔާޒާ މައުލޫމާތު ދެއްވައެވެ.
ޗައިނާގައި ކުރިއަށްދާ މި ފެއަރގައި މިފްކޯއިން ބައިވެރިވެފައިވާއިރު،މިހާރު ހުޅުމާލޭ ސެންޓްރަލް ޕ ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއަރގައި ވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއަރގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށް ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
