މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިންވެސް ވިއްކަމުން އައި އަގުގައި ތެޔޮމަސްދަޅު ލިބޭނެއެވެ.
މިފްކޯއިން ތެޔޮމަސްދަޅު ވިއްކަނީ ދަޅެއް 17.50ރ. ގެ މަގުންނެވެ. އަދި ތެޔޮމަސްދަޅު ކޭހެއް ވިއްކަނީ 760ރ. އަށެވެ.
މިފްކޯއިން އަބަދުވެސް މަސައްކަތް ކުރާނީ ފެންވަރު ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގެ ޔަޤީންކަން މެނޭޖްމަންޓުން އަރުވައެވެ.
