މިފްކޯގެ އުފެއްދުންތަކަށް ވެލިޔު އެޑް ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމުގައި މިފްކޯއިން ފަށާފައިވާ މަސައްކަތުގައި، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރެވުނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިފްކޯއިން މިހާރު ކުރަމުންދާ ޒިޔާރަތުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގައެވެ.
މި މަޝްވަރާގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ. އަދި މިފްކޯގެ މި މައްސައްކަތުގައި އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިިއެވެ.
