ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭ.އެފް.ސީ) އަކީ މިފްކޯގެ މައި ކޯލްޑް ސްޓޯރޭޖް ހަބެވެ. ކަޅުބިލަ މަހުގެ މަސްވެރިކަން މައިގަނޑު ގޮތެއްގައި ކުރެވެނީ ދެކުނުގެ ސަރަހައްދުގައި ކަމަށްވާތީ، މަސް ގަތުމާއި، ފިނިކުރުން އަދި ފްރޯޒަން ޓޫނާ ސަޕްލައިކުރުމުގެ ކަންކަން ބަލަހައްޓަނީ ކޫއްޑޫ އިންނެވެ. މި ފެސިލިޓީގައި 2000 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރި 4 ކޯލްޑް ސްޓޯރޭޖް ޔުނިޓް ހުރެއެވެ. އަދި ދުވާލަކު މަސް ފިނިކުރުމަށްޓަކައި 19 ބްރައިން ޓޭންކް (ލޮނުފެނުގައި މަސް ފިނިކުރާ ޓޭންކް) އާއި، މަހުގެ ބާވަތާއި ސައިޒަށް ބަލައި މަސް ސޯޓްކުރާނެ ފުރިހަމަ ސެޓަޕް ޤާއިމުކުރެވިފައިވެއެވެ. މި ސަރަހައްދުގައި ހަރަކާތްތެރިވާ ކަލެކްޓަރ ވެސެލްތަކުގެ އިތުރުން، ސީދާ ކޫއްޑޫ ބަނދަރަށްވެސް މަސްވެރިން މަސް ކިރުވައެވެ. މަސް ކިރުވުމަށްފަހު، ބްރައިން ފްރީޒްކޮށް، ސޯޓްކުރުމަށްފަހު ކޯލްޑް ޗެމްބަރުތަކުގައި މަސް ރައްކާކުރެވެއެވެ. ކޫއްޑޫއިން މަސްވެރިންނަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ އައިސް، ތެޔޮ، ފެން އަދި ކޮންވީނިއެންސް ސްޓޯރުގެ ޚިދުމަތްވެސް ލިބެން ހުރެއެވެ. ކޫއްޑޫގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށިފައިވަނީ 1998 ވަނަ އަހަރުއެވެ.