އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
ސަރަހައްދު
ސީނު ހުޅުމީދޫ
ތާރީޚް
2018

މިފްކޯއިން ވަނީ ރާއްޖޭގެ ދެކުނުގައި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕްރޮސެސިންގ ޕްލާންޓެއް ތަރައްޤީކޮށްފައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ދައުލަތުން ކުރާ އިންވެސްޓްމަންޓް އިތުރުވުމާއެކު، އައްޑޫ އަތޮޅު ސަރަހައްދު ވެފައިވަނީ ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ އެއް ސަރަހައްދަށެވެ. އެހެންކަމުން، މި ސަރަހައްދަށް އިތުރުވާ މަސް ރައްކާކުރުމަށްޓަކައި އެއްގަމުގައި ޤާއިމުކޮށްފައިވާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ހުރުން މުހިންމުވިއެވެ.

މިތަނުގެ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި ޑީސެލިނޭޝަން ޕްލާންޓަކާއި، މަހުގެ ވޭސްޓް ބޭނުންކޮށްގެން ހިންގާ ފިޝް މީލް ފެސިލިޓީއަކާއި، ފެން ރައްކާކޮށް ޑިސްޓްރިބިއުޓްކުރާ ނިޒާމަކާއި، ރޯ މެޓީރިއަލް އަދި އުފެއްދުންތައް ރައްކާކުރާ ވެއަރހައުސްތަކުގެ އިތުރުން، މަސްވެރި އުޅަނދުތަކާއި ކަލެކްޝަން އުޅަނދުތަކަށް ކައިރިކުރެވޭނެ 210 މީޓަރުގެ ބަނދަރެއް ހިމެނެއެވެ. އަދި ކިރުވާ މަހުގެ ކޮލިޓީ ބެލުމަށްޓަކައި މިތަނުގައި ލެބޯޓްރީއެއްވެސް ޤާއިމުކުރެވިފައިވެއެވެ.