ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ހުޅުވުނީ 3 ފެބްރުއަރީ 1978 ގައި، ޖަޕާނުގެ ނިޕޮން ސުއިޒަން ކައިސާ ލިމިޓެޑާއި ދިވެހި ސަރުކާރު ގުޅިގެން (ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި) އެވެ. ފެކްޓްރީ ހުޅުވުނުއިރު އުފެއްދުންތެރިކަމުގެ ކެޕޭސިޓީއަކީ ދުވާލަކު 8 މެޓްރިކް ޓަނުގެ މަހެވެ. އޭގެ ފަހުން 1982 ގައި ސަރުކާރުން ފެކްޓްރީގެ މިލްކުވެރިކަން ނަގައި، ފެކްޓްރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށިއެވެ. “ފެލިވަރު ޓޫނާ ޕްރޮސެސިންގ ޕްލާންޓް” ގެ ނަމުގައި ހިންގާ ދަޅުމަސް ބަންދުކުރާ ފެކްޓްރީއަކީ 50 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުރި ތަނެކެވެ.