މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (2014/1) ގެ ދަށުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ.
މިފްކޯގެ ސިޔާސަތަކީ، ކުންފުނީގެ އެންމެހާ ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން މަޢުލޫމާތަށް އެދޭ ކޮންމެ ފަރާތަކަށް ވީއެންމެ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މި ކުންފުނީގައިވާ މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.
1. މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށް
2. މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮންލައިން ނިޒާމު “މަހޯލި” ޕޯޓަލް މެދުވެރިކޮށް
3. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް މެދުވެރިކޮށް
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އަމިއްލަ އިސްނެގުމަށް ހާމަކުރާ މަޢުލޫމާތު
އިންފޮމޭޝަން އޮފިސަރުގެ މަޢުލޫމާތު
ނަން: އަލްއުސްތާޛާ ޝިފްޒާ މުޞްޠަފާ
މަޤާމު: ސީނިއަރ މެނޭޖަރ
ފޯނު ނަންބަރު: 7412211
އީމެއިލް: rti@mifco.mv
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަކީ ޤާނޫނު ނަންބަރު 7/2023 ގެ 6 ވަނަ މާއްދާގައި ބަޔާންކުރާފަދަ ސަރުކާރުގެ ކުންފުންޏެކެވެ. ކުންފުނި އުފައްދާފައިވަނީ 01 ނޮވެންބަރު 1983 ގައެވެ. މި ކުންފުނި އުފައްދާފައިވަނީ މަސްވެރިން އަތުން މަސްގަނެ މަހުގެެ އުފެއްދުންތައް ތައްޔާރުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރަށް ވިއްކުމަށާއި، މި ޞިނާޢަތާ ގުޅުންހުރި އައިސް އަދި އެހެނިހެން ޚިދުމަތް މަސްވެރިންނަށް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރަށް ސަރުކާރުން ހަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމަކީ ވެސް މި ކުންފުނީގެ ޒިންމާއެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އިދާރީ އޮނިގަނޑު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސެންޓަރުތައް ޤާއިމުކޮށް، ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވުމާއި، އަދި މަސްވެރިކަން ހުންނަ ހިސާބުތަކަށް ކުންފުނީގެ ބޯޓުފަހަރު ފޮނުވައިގެން މަސްކިރުވުމުގެ މަސައްކަތް ކުރުމާއި، މަސްވެރިންނަށް ބޭނުންވާ ބޯފެނާއި ވަޅުފެނާއި، އައިސް އަދި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުން. (މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށާއި މަސްވެރިންނަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް (7958070) ޤާއިމުކުރެވިފައި ވެއެވެ.)
- މަސްވެރި އުޅަނދުފަހަރަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހެޔޮއަގެއްގައި ހައްލުކޮށްދިނުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަޢުލީމު ހާޞިލް ކުރަމުންދާ ސްކޫލް ދަރިވަރުންނަށް ބޭނުންވާ ތަޖްރިބާ ދަތުރު ނުވަތަ ފީލްޑް ޓްރިޕް ހަމަޖައްސާދީ ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފްކޯގެ ފިހާރަތައް ޤާއިމުކޮށް، ހެޔޮއަގުގައި ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުން.
- މިފްކޯގެ ސެންޓަރުތައް ޤާއިމުކުރެވިފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިސްޕްލާންޓް ޤާއިމުކޮށް، މަސްވެރިންނާއި އަދި އެހެނިހެން ފަރާތްތަކަށް ބޭނުވާ އައިސް ފޯރުކޮށްދިނުން.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ޝަކުވާ އުފުލޭނެ އުސޫލާއި ލިބިފައިވާ ޝަކުވާތަކުގެ ތަފުޞީލު
މިފްކޯއިން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ނުވަތަ ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން ޝަކުވާ އުފުލުމަށް ކުންފުނީގެ ވެބްސައިޓްގައި “ވިސްލްބްލޯވަރ ޕޯޓަލް” އަށް ވަދެވޭގޮތަށް ހަމަޖެހިފައި ވާނެއެވެ. އަދި ވެބްސައިޓްގެ ކޮންޓެކްޓް (ގުޅުއްވުމަށް) ޕޭޖު މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އަދި ހަމައެއާއެކު ކުންފުނީގެ ރަސްމީ އީމެއިލް އަށް ވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އިސްވެ ދެންނެވުނު ލިންކްތަކާއި އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.
- Whistleblower Form
- Contact Us Form
- info@mifco.mv
- reception@mifco.mv
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ލިޔެކިޔުންތައް ބެލެހެއްޓުމުގައި ޢަމަލުކުރާ ގޮތް
މިފްކޯގެ ލިޔެކިޔުންތައް އަރުޝީފު ކުރަމުންގެންދަނީ ލިޔެކިޔުންތައް ރައްކާކޮށްފައި ބެހެއްޓުމަށް ކުންފުނީގެ މައި އިދާރާގައި ޤާއިމުކުރެވިފައިވާ ތަންތަނުގައެވެ. އަދި ކުންފުނީގެ ބައެއް ސެންޓަރުތަކުގައިވެސް އަރުޝީފުކުރެވޭ ލިޔުންތައް ރައްކާކުރެވިފައި ވެއެވެ. މީގެ އިތުރަށް މަސައްކަތްތަކުގެ ސޮޕްޓް ކޮޕީތައް އޮންލައިން ޑްރައިވްތަކުގައި ބަލަހައްޓައި، ހާޑް ކޮޕީ ފައިލް ކުރެވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު
ކުންފުނިން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތުގެ ތެރޭގައި އަންނަނިވި ބާވަތުގެ މަޢުލޫމާތު ހިމެނެއެވެ.
- ދެންނެވުން
- ޚަބަރު
- ނޫސްބަޔާން
- ދަތުރު ރިޕޯޓު
- މަސް ރިޕޯޓު
- އައިސް ރިޕޯޓު
- ތެލުގެ ރިޕޯޓު
- ސޭލްސް ރިޕޯޓު
- އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް
- މާލީ ރިޕޯޓުތައް
- ވަޒީފާއަށް މީހުން ހޯދުމަށް ކުރާ އިޢުލާން
- ވަޒީފާއަށް އެދި އެކި ފަރާތްތަކުން ހުށަހަޅާ ފޯމު
- ގެޒެޓުގައި ޝާއިޢުކުރާ ލިޔުންތައް
- ފޮނުވާ އަދި ލިބޭ ސިޓީ
- އިންޓަރނަލް އޮޑިޓް ރިޕޯޓު
- ކުންފުންޏަށް ހުށަހަޅާ ބީލަން
- ކުންފުނީގެ މުވައްޒަފުންގެ ރަޖިސްޓަރީ
- ކުންފުނީގެ މުވައްޒަފުންގެ ރެކޯޑުތައް
- ކުންފުނީގެ އިދާރީ ހިންގުމާގުޅޭ ސާކިއުލަރ
- އަހަރީ ރިޕޯޓު
- ކުންފުނީގެ ޕްރޮޖެކްޓްތަކާ ބެހޭ ލިޔެކިޔުންތައް
- ކުންފުނީގެ އެކްސްކޯ ބައްދަލުވުންތަކުގެ ޔައުމިއްޔާ
- ޑިރެކްޓަރުންގެ ބޯޑުގެ ޔައުމިއްޔާ
- ޑިރެކްޓަރުންގެ ބޯޑުގެ ނިންމުންތައް
- ކުންފުނީގެ ޤަވާޢިދު/އުސޫލު
- ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އެޕޮއިންޓްމަންޓްތަކުގެ ތާވަލު
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހަށް ހުށަހަޅާ އަދި ދޫކުރާ ލިޔެކިޔުންތައް
- ލިބޭ ފައިސާއާއި ޚަރަދު ރިޕޯޓު
- މީގެ އިތުރަށްވެސް، ކުންފުނީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭގޮތުން ގެންގުޅެ ބަލަހައްޓާ އެހެނިހެން މަޢުލޫމާތު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން އާންމުކޮށް ޕަބްލިޝްކުރާ މަޢުލޫމާތުގެ ބާވަތް
ކުންފުނިން އާންމުކޮށް ޝާއިޢުކުރާ މަޢުލޫމާތުގެ ބާވަތްތަކުގެ ތެރޭގައި، ޚަބަރު، ނޫސްބަޔާން، މަސްވެރިންނަށް ދޫކުރެވޭ ފައިސާގެ ތަފުޞީލު، މިފްކޯއިން މަސްގަންނަ ބަނދަރުތަކާއި އަގުތަކާ ބެހޭ މަޢުލޫމާތު، ކުންފުނިން ދަމަހައްޓާ ކޮލިޓީ މިންގަނޑުތަކުގެ މަޢުލޫމާތު، ކުންފުނީގެ އަހަރީ ރިޕޯޓު އަދި ކުންފުނިން ތައްޔާރުކުރާ އުފެއްދުންތަކުގެ މަޢުލޫމާތު ހިމެނެއެވެ. އިސްވެ ބަޔާންކުރެވުނު ބާވަތްތަކުގެ ލިންކުތައް ތިރީގައި މިވަނީއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީ އުސޫލު
ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މިފްކޯއިން މަޢުލޫމާތު ހޯދަން ބޭނުންވާނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަލް މެދުވެރިކޮށް މިފްކޯ އިން މަޢުލޫމާތު ހޯދުމަށް އެދެވިދާނެއެވެ. މީގެ އިތުރުން ކުންފުނީގެ އީމެއިލް އެޑްރެހަށް އީމެއިލުގެ ޒަރިއްޔާއިން އެފަދަ ހުށަހެޅުމެއް ފޮނުވިދާނެއެވެ. އަދި، މިފަދަ ހުށަހެޅުންތައް ސިޓީ މެދުވެރިކޮށް ކުންފުނީގެ ރިސެޕްޝަން ކައުންޓަރުން ވެސް ބަލައިގަންނާނެއެވެ. އަދި، ކުންފުނީގެ ވެބްސައިޓުގައި ހިމަނާފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމު މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ލިބިދޭ ބާރާއި އިޚުތިޔާރުތައް
ކުންފުނީގެ އެންމެ އިސް ފަރާތަކީ ޑިރެކްޓަރުންގެ ބޯޑެވެ. ކުންފުނީގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތައް ކަނޑައަޅައި ތަންފީޛުކުރުމުގެ ފުރިހަމަ ޒިންމާ އުފުލާނީ ބޯޑުންނެވެ. އަދި ބޯޑުން ނިންމާ ނިންމުންތައް ތަންފީޛުކޮށް، ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ މެނޭޖިންގ ޑިރެކްޓަރެވެ. މެނޭޖްމަންޓާ ގުޅޭ ހުރިހާ ކަމެއްގައި ޗީފް އެގްޒެކެޓިވް އޮފިސަރ ބޯޑަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މަޢުލޫމާތާއި އެގްޒެކެޓިވް ޓީމުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ފެންނާނެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ޢަމަލުކުރާ ޤާނޫނުތައް/ޤަވާޢިދުތައް
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގެ ޤާނޫނު)
- ޤާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)
- ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު)
- ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)
- ޕީ.ސީ.ބީ. ކޯޕަރޭޓް ގަވަނެންސް ކޯޑް
- ޕްރޮކިއުމެންޓް ޕްރޮސީޖަރސް އެންޑް ގައިޑްލައިންސް ފޯރ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް އޮފް މޯލްޑިވްސް
- މީގެ އިތުރަށްވެސް ކުންފުނީގެ ޒިންމާތަކާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ޤާނޫނުތައް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ޢަމަލުކުރާ އުސޫލުތައް ނުވަތަ ހަމަތައް
- މުވައްޒަފުންނާ ބެހޭ ޤަވާއިދުގައި ހިމެނޭ އުސޫލުތައް
- ޕްރޮކިއުމެންޓް އުސޫލު
- ވިސްލްބްލޯވަރ އުސޫލު
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ކުންފުނިން ނިންމާފައިވާ ނިންމުންތަކުގެ މަޢުލޫމާތު ކުންފުނީގެ ވެބްސައިޓްގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ ވަޒީފާ އަދި ބީލަން ހުށަހެޅުމަށް ޚާއްސަ ކުރެވިފައިވާ ބަޔާއި، ވެބްސައިޓްގައި ހިމެނޭ ޚަބަރުތަކުގެ ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ރައްޔިތުންގެ ޚިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް
ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދިނުމަށް ކުންފުނިން ގެންގުޅޭ ސިޔާސަތުގެ ތެރެއިން، ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރެއެވެ. އަދި ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ޚިޔާލު ފޮށިތައް ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރަށް، ކުންފުނިން ހިންގާ ކަމަކާ ގުޅޭ ސިޔާސަތަކާ ގުޅޭގޮތުން ނުވަތަ އެނޫންވެސް ކުންފުންޏާ ގުޅުންހުރި ކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހުށަހެޅުމަށް އެދޭނަމަ، ކުންފުނީގެ ރަސްމީ އީމެއިލް އަދި ސިޓީގެ ޒަރިއްޔާއިންވެސް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
- info@mifco.mv
- reception@mifco.mv
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ކަނޑައެޅިފައިވާ ބަޖެޓު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ކުރަން ރާވާފައިވާ މަސައްކަތްތައް
- ސްޓޯރޭޖް އަދި މަސް ބަންދުކުރާ މިންވަރު އިތުރުކުރުން: ރައްކާކުރެވޭ މިންވަރާއި، މަސް ޕްރޮސެސްކުރާ ކެޕޭސިޓީ އިތުރުކޮށް ފުޅާކުރުން.
- މެޝިނަރީތައް ގަވާއިދުން މަރާމާތުކުރުން: މަސައްކަތް މެދުނުކެނޑި އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކައި، އިކުއިޕްމަންޓްތައް ބެލެހެއްޓުމާއި ގަވާއިދުން ސާވިސްކުރުން.
- އުފެއްދުންތެރިކަން އިތުރުކުރުން: އުފައްދާ ތަކެތީގެ ފެންވަރު ހިފަހައްޓަމުން، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުން.
- މަސް ގެންގުޅުމުގެ ނިޒާމު ހަރުދަނާކުރުން:މަސް ގަނެ، ގެންގުޅުމުގެ މަރުހަލާތައް މިހާރަށްވުރެ ހަލުވި އަދި ފައިދާހުރި ގޮތަކަށް ބަދަލުކުރުން.
- ސްޓެރެޓެޖިކް މާކެޓިންގ އަދި ބްރޭންޑިންގ: ރޭވުންތެރިކަމާއެކު އުފެއްދުންތައް އިޝްތިހާރުކޮށް، ބާޒާރުގައި ބްރޭންޑްގެ ނަން ކުރިއެރުވުން.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ކުރަން ރާވާފައިވާ މަސައްކަތްތަކަށް ހިނގާނެ ޚަރަދުތައް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ކޮށްފައިވާ ޚަރަދު
އަހަރީ ރިޕޯޓު 2024 (ޞަފްޙާ 88)
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތްތައް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ނިންމާ ނިންމުންތައް އޮންނަ މަރުޙަލާތައް / އުސޫލު
ކުންފުނިން ނިންމާ ހުރިހާ ނިންމުންތަކެއްގެ އަސާސަކީ ކުންފުނިން ތަބާވާންޖެހޭ ޤާނޫނުތަކާއި އަދި އެޤާނޫނުތަކާ ގުޅިގެން އެކުލަވާލެވިފައިވާ ޤަވާޢިދުތަކެވެ. މިގޮތުން ނިންމުންތައް ނިންމުމުގައި ތިރީގައިވާ ތިން މަރުޙަލާ ހިމެނެއެވެ.
- ޑިރެކްޓަރުންގެ ބޯޑު: ކުންފުނީގެ އެންމެ މަތީ ފަންތިއަކީ ޑިރެކްޓަރުންގެ ބޯޑެވެ. އިދާރާގެ އެންމެހާ ސިޔާސަތުތައް ކަނޑައެޅުމާއި، މެނޭޖްމަންޓުން މަސައްކަތްތައް ކުރިއަށް ގެންދާނެ މިސްރާބު ކަނޑައަޅާނީ ބޯޑުގެ ފަރާތުންނެވެ.
- އެގްޒެކެޓިވް މެނޭޖްމަންޓް: އެގްޒެކެޓިވް މެނޭޖްމަންޓުން ނިންމާނީ ކަނޑައެޅިފައިވާ ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭ ނިންމުންތަކާއި، އިދާރާ ހިންގުމުގެ އެންމެހާ ކަންކަމާ ގުޅޭ ނިންމުންތަކެވެ.
- ސީނިއާ މެނޭޖްމަންޓް: ސީނިއާ މެނޭޖްމަންޓުން ނިންމުންތައް ނިންމާނީ ކުންފުނީގެ ޤަވާޢިދުތަކާއި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އޮފީހުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
